އެ ސާވިސް ސެންޓަރު ހުޅުވައިދެއްވީ އެމްއައިބީގެ އެމްޑީ މުފައްދަލް އިދުރީސް ކުމްރީ އާއި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އަދި ދިއްދޫ ކައުންސިލްގެ ނައިބުރައީސް އަބްދުﷲ ވަހީދު އެވެ.
އެމްއައިބީން ބުނީ ދިއްދޫގައި ހުޅުވި ސާވިސް ސެންޓަރުން އެ ބޭންކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބުމުގެ އިތުރުން އޭޓީއެމުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.
އެމްއައިބީން ދިއްދޫގައި ހުޅުވި ސާވިސް ސެންޓަރަކީ ހދ. ކުޅުދުއްފުށި ފިޔަވައި އެމްއައިބީން އުތުރުގެ ރަށެއްގައި ހުޅުވި ހަމަ އެކަނި ސާވިސް ސެންޓަރެވެ.
އެ ބޭންކުގެ ހިދުމަތް ހއ. އަތޮޅު، ހދ. އަތޮޅު، ބ. އަތޮޅު، ކ. އަތޮޅު، ދ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު އަދި ފުވައްމުލަކާއި އައްޑޫ ސިޓީން ލިބެ އެވެ.
އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދިއްދޫގައި ހުޅުވި ސެންޓަރަކީ އުތުރުގައި އުޅޭ ކަސްޓަމަރުންނަށް އެ ބޭންކުގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ އަށް އަދި ފަސޭހައިން ހޯދޭނެ ތަނެއް ކަމަށް އެމްއައިބީން ބުންޏެވެ.