ads
ރަޝްމިކާ
ބޭނުމީ ނޯމަލް ފިރިހެނެއް: ރަޝްމިކާ
ބޮލީވުޑް އަދި ޓޮލީވުޑްގެ މަޝްހޫރު ތަރި ރަޝްމިކާ މަންޑަނާ އިންސްޓަގްރާމްގައި ޝެއަރުކުރި މީމަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ހޫނު ބަހުސްތަކެއް ފެށިފައެވެ.
Advertisement

ރަޝްމިކާ އިންސްޓަގްރާމް ސްޓޯރީއެއްގައި ޝެއަރުކުރި މީމްގައި ވަނީ އޭނާއަށް "ނޯމަލް" ފިރިއެއް ބޭނުންވާކަމަށް ބުނެފައެވެ. މި މީމްގައި ވަނީ އޭނާ ފަހުން ކުޅުނު ދެ ފިލްމު ކަމަށްވާ "އެނިމަލް" އަދި "ޕުޝްޕާ 2" ގައި އޭނާގެ ފިލްމީ ފިރިންގެ ގޮތުގައި ތިބި ރަންބީރު ކަޕޫރު އަދި އަލްލު އަރުޖުންގެ ކެރެކްޓަރުތަކުގެ ވާހަކައެވެ.

މި މީމް ޝެއަރުކުރުމާއެކު ރަޝްމިކާ ވަނީ އޭގައި ކޮމެންޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ އެ ދެ ކެރެކްޓަރަކީވެސް "ހިތުގެ އަޑިން ވަރަށް ރީތި ދެ މީހުން" ކަމަށެވެ. ނަމަވެސް މި ކޮމެންޓާ ގުޅިގެން ރެޑިޓްގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ރެޑިޓްގެ ޔޫސަރުން ފާހަގަކޮށްފައިވަނީ ރަޝްމިކާ އަބަދުވެސް ހޮވަނީ "ބޭޑް ބޯއި" ކެރެކްޓަރުތަކެއް ކަމަށެވެ. އަދި އޭނާގެ އަމިއްލަ ދިރިއުޅުމުގައިވެސް ވިޖޭ ދެވަރަކޮންޑާ ފަދަ މީހުން ހޮވާކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.

ރަޝްމިކާ އެންމެ ފަހުން ކުޅުނު ދެ ފިލްމު ކަމުގައިވާ "އެނިމަލް" އަދި "ޕުޝްޕާ 2" ވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އަދި "ޕުޝްޕާ 2" މިހާރު ސިނަމާތަކުގައި ސްކްރީން ކުރަމުން ދާއިރު އަންނަނީ ގިނަ ރެކޯޑުތަކެއް ހަދަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް