ads
މާލޭ ފަޅުތެރެޔަށް ކަޅު ތެޔޮ ހަން އޮއްސާލަނީ
ދޯންޏަކުން މާލޭ ފަޅުތެރެއަށް ކަޅު ތެޔޮ އަޅަނީ
ދޯންޏަކުން މާލޭ ފަޅުތެރެއަށް ކަޅު ތެޔޮ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ މާލޭ ފަޅުގައި އޮތް ބޯޓެއްގައި މަސައްކަތް ކުރާ މީހަކު ފަޅުތެރެއަށް ކަޅު ތޮޔޮ ހަމެއް އޮއްސާލާތަނެވެ. "ހަވާސް" ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތް ކުރާ މި މީހާ ފަޅަށް އޮއްސާލަނީ 20 ލީޓަރުގެ ރީނދޫ ހަމެއްގެ ކަޅު ތެލެވެ. ވީޑިއޯއިން ފެންނަ ގޮތުން އޭނާ އަތުގައި ދެ ހަން އޮވެއެވެ. ބެލެވޭ ގޮތުން މި ވީޑިއޯ ނަގާފައިވަނީ އޭނާ އެތަނުން އެއް ހަމުގެ ތޮޔޮ މޫދަށް އޮއްސާލާ އަނެއް ހަން ހުސްކުރަމުން ދަނިކޮށެވެ. 

މި މީ ކޮން އިރެއްގެ ވީޑިއޯއެއް ކަމެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް މި ވީޑިއޯ އާއްމުކުރި އެކަކު ބުނީ މި މައްސަލަ ބެލެން ޖެހޭނެކަމަށެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ވީޑިއޯ އެ އިދާރާއަށް ފާހަގެ އެކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

ތިމާވެށްޓަށް ގެއްލުން ލިބޭ ކަންކަން ބަލާ ފިޔަވަޅު އަޅަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ. އެ އިދާރާއިން އަދި މިކަމުގައި އެއްޗެއް ނުބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް