ads
އަސަދު(ކ) ޓްރަމްޕް
އަސަދުގެ ވެރިކަން ވެއްޓުމުން ސާފު ވަނީ ރަޝިޔާއާއި އީރާންގެ ބަލިކަށިކަން: ޓްރަމްޕް
ސޫރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ދިގު ވެރިކަން ވެއްޓުމުން ސާފުވަނީ އޭނާގެ ބައިވެރިން ކަމުގައިވާ ރަޝިޔާއާއި އީރާންގެ ބަލިކަށިކަން ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިޔާގެ ވެރިރަށް ދިމިޝްކު ހިފައި، އެ ގައުމުގެ ދުވަސްވީ ހުދުމުހުތާރު ވެރިކަން ފުރޮޅާލުމާއެކު އަސަދު ވަނީ ގައުމު ދޫކޮށް ފިލާފަ އެވެ. އޭނާ ހުރި ތަނެއް ކަށަވަރެއް ނޫނެވެ.

މީސްމީޑިޔާގައި ކުރެއްވި ޕޯސްޓުތަކެއްގައި ޓްރަމްޕް ވިދާޅުވީ އަސަދު ޤައުމު ދޫކުރައްވާ ފިއްލަވައިފި ކަމަށާއި އޭނާއަށް ފިއްލަވަން މަޖުބޫރުވީ ރަޝިޔާގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަސަދަށް އެންމެ ބޮޑަށް ވާގިވެރިވި ރަޝިޔާއާއި އީރާން ވަނީ ބަލިކަށިވެފަ އެވެ. އެ ގޮތުން ޔޫކްރެއިނުގެ ހަނގުރާމައާއި އިޤްތިޞާދީ މައްސަލަތަކުގެ ސަބަބުން ރަޝިޔާ ބަލިކަށިވެފައިވާ ކަމަށާއި ޔަހޫދީ ދައުލަތާ ކުރިމަތިލުމުން އީރާން ބަލިކަށިވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.  

"ސީރިއާ މައްސަލަ އަކީ ބޮޑު ހައިޖާނެއް. އެކަމަކު އެއީ އަހަރެމެންގެ ރަޙްމަތްތެރިއެއް ނޫން. އެއީ އެމެރިކާއާ ބެހޭ ކަމެއް ވެސް ނޫން. އެއީ އަހަރެމެންގެ ހަނގުރާމައެއް ވެސް ނޫން. މިކަން ހިނގާދާނެ ގޮތަކަށް ހިނގަން ދޫކޮށްލާ. އެކަމުގައި ބައިވެރިނުވޭ." ޓްރަމްޕްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވި ނަމަވެސް ބައްޝާރުލް އަސަދުގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ އެމެރިކާ އަދި އިޒްރޭލެވެ. އެހެންނަމަވެސް އެ ދެ ގައުމުގެ އޮފިޝަލުން އަސަދުގެ ތުހުމަތުތަކާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.

ސޫރިޔާގެ ސަރުކާރު ވެއްޓުމުން އެމެރިކާގެ މިހާރުގެ ސަރުކާރުން ބުނެފައި ވަނީ ސޫރިޔާއިން ސިފައިން ބޭލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އަލުން އައިއެސް ޖަމާޢަތުގެ ބާރުގަދަވުން ހުއްޓުވުމަށް ސޫރިޔާގައި އެމެރިކާގެ ސިފައިން ތިބުން މުޙިންމު ކަމަށް ވެސް އެމެރިކާއިން ބުނެފައިވެ އެވެ.

ރަޝިއާ އަކީ މާޗު 2011 ގައި ސީރިއާގައި ފެށި ދާހިލީ ހަނގުރާމާގައި އަސަދު އަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން އެއް ގައުމެވެ. ރަޝިއާގެ ސިފައިންވެސް ވޭތުވެދިޔަ ތަހަރުގެ ތެރޭގައި ސީރިއާގެ އިދިކޮޅު ގްރޫޕުތަކާ ހަނގުރާމަކުރި އެވެ.

މުޅި ސީިރިއާގެ ކޮންޓްރޯލް ހަނގުރާމަވެރި ޖަމާއަތްތަކުން ނަގާފައިވާއިރު، ބައެއް ގައުމުތަކުން އަންނަނީ އަސަދުގެ ވެރިކަން ނިމުކަމަށް އައުމާއެކު އެކަމަށް މަރުހަބާ ކިޔާ ސީރިއާގައި އާ ސަރުކާރެއް އެކުލަވާލުމަށް ގޮވާލާފަ އެވެ.

އަސަދުގެ 24 އަހަރުގެ ވެރިކަމަކީ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ސީރިއާގެ އާންމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުންވެސް ދެކެ އެވެ. އެގޮތުން 13 އަހަރުވީ ދާހިލީ ހަނގުރާމާގައި އަސަދުގެ ސިފައިން ވަނީ އެ ގައުމުގެ އެތައް ހާސް އާންމުންނެއް މަރާފަ އެވެ.

ސޫރިޔާގެ ރިޔާސަތަށް ހިމާޔަތްދޭ ސިފައިންގެ ސްޕެޝަލް ފޯސްގެ ދެ އޮފިސަރަކު ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ސިފައިންގެ ހިމާޔަތުގައި ރައީސް ބައްޝާރާއި އޭނާގެ އާއިލާ މަތިންދާ ބޯޓެއްގައި ސޫރިޔާ ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންފިކަމަށާއި ނަމަވެސް ބައްޝާރު ވަޑައިގެންނެވި ގައުމެއް އަދި ސާފުނުވާ ކަމުގައެވެ.

މިހާރު އުމުރުން 59 އަހަރުގެ ބައްޝާރު ވެރިކަމުގައި ހުންނަވާތާ ވެސް 24 އަހަރު ވެފައި ވާއިރު މިއީ އޭނާގެ ވެރިކަމުގެ ނިމުމުގެ އިތުރުން ސޫރިއާ ކޮންޓްރޯލްކުރަމުން ދިޔަ އަސަދު އާއިލާގެ ވެރިކަން ވެސް ނިމުމަކަށް އައީ އެވެ. ބައްޝާރު ވެރިކަމަށް ވަޑައިގަތީ 14 މާޗް، 1971 އިން ފެށިގެން ވެރިކަމުގައި ހުންނެވި ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމާ އެކު އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިންވަނީ ރޭ ފަތިހު އެމީހުންގެ ބާރުތައް ވެރިރަށް ދިމިޝްގަށް ވަދެގަނެ ސޫރިޔާގެ ރަސްމީ ޓީވީ އާއި ރޭޑިއޯ އަދި ސަރުކާރުގެ ބައެއް އިމާރާތްތައް ހަނގުރާމައަކާނުލައި އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަކަން ކަށަވަރުކޮށްދީފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް