ads
ޓޫރިސްޓު ވިސާގައި އެތެރެވެ ގަވާއިދާ ހިލާފަށް އުޅުނު ޗައިނާގެ ކުއިޕިން ފެންގު
ޓޫރިސްޓް ވިސާއާ ހިލާފުވި ޗައިނާ މީހަކު ހިފަހައްޓައިފި
ރާއްޖެ އަށް ޓޫރިސްޓް ވިސާގައި އައި މީހަކު ވިޔަފާރި ހިންގައި، އާންމު ތަންތާނގައި ނިދާ މައްސަލައެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
Advertisement

އިމިގްރޭޝަނުން އެ އަންހެން މީހާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ، ވިޔަފާރިކޮށް، އެކި ތަންތަނުގައި ނިދާފައި އޮންނަ ޝަކުވާތަކާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އެއީ، ކުއިޕިން ފެންގު ނަމަކަށް ކިޔާ 33 އަހަރުގެ އަންހެނެކެވެ. އެނގިފައިވާ ގޮތުގައި ޗައިނާގެ އެ އަންހެން މީހާއަށް ވާހަކައެއް ނުދެއްކެ އެވެ. އަދި މީހުން ދައްކާ ވާހަކަ އަޑެއް ވެސް ނީވެ އެވެ.

ޗައިނާގެ ޓޫރިސްޓަކުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދަނިކޮށް އަތުލައިގަތް އިރު، އެ ގައުމަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިހާތަނަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޗައިނާ އިން އައިސްފައިވެ އެވެ.

ވިސާއާ ހިލާފުވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަށީގެންވާ ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަންއިން ވަނީ ފާހަގަކޮށްފައެވެ.

އަދި މިފަދަ އެއްވެސް ކަމެއް ހިނގާނަމަ އެކަން ރިޕޯޓް ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓޫރިސްޓު ވިސާއާ ޚިލާފަށް ދިރިއުޅޭ މީހުން މީގެ ކުރިން ވެސް އިމިގްރޭޝަނުން ހިފަހައްޓައި، އަނބުރާ ގައުމަށް ފޮނުވާލައިފައި އެބަހުއްޓެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް