
ދިވެހި ސިފައިން ގެ ކަނޑުމަތީ ސްކޮޑެެއް
ހުޅުމާލެ ކައިރީ ކަނޑުގައި ސިފައިން ހަތިޔާރާއެކު ތަމްރީނު ފަށަނީ
ގުފްތަގް އަޖީރު
11 ޑިސެމްބަރ 2024 - 21:20:19
ހުޅުމާލޭގެ އިރުމަތީ ފަރާތު ކަނޑުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާއްސަ އަސްކަރީ ތަމްރީނެއް ފަށަން ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި ތަމްރީނު ކުރިއަށްދާނީ މި މަހުގެ 15 އިން 19 އަށް ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި ތަމްރީނުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުން 5،000 މީޓަރު ދުރަށް ކަމަށެވެ. އަދި ވަޒަން ދަތުރުކުރާނީ 300 މީޓަރުގެ އުސްމިނުގައި ކަމަށެވެ.
ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފުން ދަނީ އެކި ސަރަހައްދުތަކުގައި މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ.
- ތަމްރީނު ކުރިއަށްދާނީ މި މަހުގެ 15 އިން 19 އަށް
- ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް
- ތަމްރީނު ބާއްވަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި
- ބަޑީގެ ވަޒަން ދަތުރުކުރާނީ 5،000 މީޓަރު ދުރަށް
- ވަޒަން ދަތުރުކުރާނީ 300 މީޓަރުގެ އުސްމިނުގައި
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް