އެމްއެންޔޫގެ މެރެތަންގައި ބީއެމްއެލް ޕްލެޓިނަމަ ޕާޓަރުގެ ގޮތުގައި ހަަމޖެހިފައިވާއިރު އެ ކުންފުނިން ބުނީ މި އެއްބާރުލުމަކީ އެމްއެންޔޫއިން އިސްނަގައިގެން ކުރިއަށް ގެންދާ މުހިންމު އިސްނެގުމަކަށް ތާއީދުކޮށް ހީވާގި ދިރިއުޅުމުގެ ވައްޓަފާޅިތަކަށް ހިތްވަރުދީ، މުޖުތަމައުގެ ރޫހު އިތުރުކުރުމަށް ބޭންކުން ކުރިއަށް ގެންދާ ހިދުމަތްތެރިކަން ދައްކުވައިދޭ ކަމެއް ކަމަަށެވެ.
މި އިވެންޓަކީ ކިޑްސް ޑޭޝް، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން ފަދަ ޝައުގުވެރި ރޭސްތަކެއްގެ ތެރެއިން ހުރިހާ އުމުރުފުރާއެއްގެ ސިއްހަތާއި މުޖުތަމައުގައި ބައިވެރިވުމާއި ކުޅިވަރު ކުރިއެރުވުމަށް ބާއްވާ މެރެތަން އެކެވެ.
އެމްއެންޔޫ މެރެތަން އޮންނާނީ އަންނަ 2025 ވަނަ އަހަރު ގެ 20-21 ފެބްރުއަރީ ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.