ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންއަކީ، ރާއްޖޭގައި ކުރިއަށްދާ ފުރަތަމަ އޭޝިއާ ޓެނިހުގެ ރޭންކިން މުބާރާތެވެ. މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ ހޯދީ ފައިނަލުގައި ރާއްޖޭގެ ނަޔާރާ އުސާމާ އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ފައިނަލަށް އާރާ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައ ކަޒަކިސްތާންގެ އަރުޒްހާން ބަޔަލީނާ ބަލިކޮށްގެންނެވެ. އަދި ނަޔާރާ ފައިނަލަށް ދަތުރުކުރީ ލާރާ އަތުން މޮޅުވެގެންނެވެ.
ޖުމްލަ 30 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ 15 ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި އޭޝިއާ ބައްރުގެ ކަޒަކިސްތާނާއި ޗައިނާއާއި އިންޑިއާގެ ކުޅުންތެރިން ހިމެނެވެ. މީގެ އިތުރުން އިންގްލަންޑް އާއި ބްރެޒިލްގެ ކުޅުންތެރިންވެސް ވާދަކުރެއެވެ.