ހަތަރު މަހުގެ އެ ކުއްޖާ މަރުވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް އެނގިފައިވެ އެވެ.
ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މައްސަލަ ރިޕޯޓްކުރުމުން މިހާރު ވަނީ ހަށިގަނޑު މާލެ ގެނެސްފަ އެވެ. އަދި މިހާރު ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
މި މައްސަަލައާ ގުޅިގެން ފުލުހުންގެ ބުނީ އެ މައްސަަލަ މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފައިވާ ކަމަށެވެ.
އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.