ads
ޗައިނާ ދަތުރު
ޗައިނާއަކީ އިތުބާރުހުރި ރަހްމަތްތެރިއެއް: ނައިބު ރައީސް
ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރު އޮތް ރަހްމަތްތެރިއެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
Advertisement

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގެ ތިން ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލްއާ މެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ގައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބު ކަމަށެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަމަންޓުން ދެއްވި މެހެމާންދާރީއަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުވުމަކީ ދެ ގައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް