އޭސީސީން ބުނީ ޕީޖީ އޮފީހުން އެ މައްސަލައިގައި އިތުރަށް ފުރިހަމަ ކުރަން އެންގި ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މައްސަލަ އަނބުރާ ފޮނުވާލާފައި ނުވާ ކަމަށް އޭސީސީ އިން ބުނެއެވެ.
އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާ އަދި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ކުރެއްވި ޑރ. އަލީ ލަތީފްގެ މައްސަލައިގައި އޭސީސީން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިން އަދި ޓެކްސް މަކަރު ހެދުމުގެ ތުހުމަތުތައް ހިމެނެ އެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ޑރ. އަލީ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީ ލޯންޑަރިން މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޓެކްސް މައްސަލަ ބެލުމަށް މީރާއަށް ވެސް ވަނީ ފޮނުވާފައެވެ.