ads
ރައީސް ޑރ. މުއިއްޒު ދަނގެއްޗަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
ބަހްރެއިންގެ ރަސްގެފާނަށް ރައީސް މުއިއްޒު ސިޓީއެއް ފޮނުއްވައިފި
ބަހްރެއިންގެ ގައުމީ ދުވަހާ ގުޅިގެން އެ ގައުމުގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ކަލީފާއަށް ރައީސް މުހައްމަދު މުއިއްޒު ސިޓީއެއް ފޮނުއްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ ސިޓީގައި ބަހްރެއިންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އިހުލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ "ދިވެހިރާއްޖެއާއި ބަހްރެއިނާ ދެމެދު އޮތް ގާތް ރައްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ހަރުފަތަކަށް ދާނެ ކަމަށް ޔަގީން ކުރައްވާ،" ކަމަށެވެ.

ބަހްރެއިންގެ ވަލީއަހުދު، ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑު މިނިސްޓަރު ޕްރިންސް ސަލްމާން ބިން ހަމަދު އަލް ކަލީފާއަށްވެސް ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

ދިވެހިރާއްޖެއިން ބަހްރެއިނާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރުގެ މާރިޗު 24 ވަނަ ދުވަހު އެވެ. އަދި ބަހްރެއިންގެ ގައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 16 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް