ads
މީޑިއާ ކައުންސިލްގެ ރައީސް ސަގީފް
މީޑިއާ ކައުންސިލްގެ ރައީސްކަމަށް ސަގީފް އިންތިހާބުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ރައީސަކަށް ހުސެން ސަގީފް މިއަދު އިންތިހާބު ކޮށްފި އެވެ.
Advertisement

ތިލަދުން ނޫހުން ކައުންސިލަށް އިންތިހާބުވި ސަގީފް އަށް ލިބުނީ އަށް ވޯޓެވެ. އެމްއެމްސީގެ ރައީސްކަމަށް ބޭއްވި އިންތިހާބުގައި ސަގީފާ ވާދަކުރެއްވި "މިހާރު" ނޫހުގެ ނޫސްވެރިޔާ ފާތިމަތު ސާނާ މުހައްމަދަށް ލިބުނީ ހަތް ވޯޓެވެ.

ހދ. ވައިކަރަދޫ އަށް އުފަން ސަގީފަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވާ މީހެކެވެ. އޭނާ ވަނީ ތިލަދުންމަތީގެ ހަބަރުތައް ގެނެސްދިނުމަށް "ތިލަދުން" އާއި "ތިލަދުންމަތީ ޓައިމްސް" ގެ ނަމުގައި ދެ ނޫހެއް ފަށާފަ އެވެ.

ސަގީފަކީ މީޑިއާ ކައުންސިލްގެ ހަ ވަނަ ދައުރުގައި ނައިބު ރައީސްކަން ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރިއެވެ. 

އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ސަގީފް ވަނީ ޓޫރިޒަމް ދާއިރާގައި އައިޓީ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ބައިނަލްއަގުވާމީ ކުންފުނިތަކުގައި ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް