ads
ނެހާ---
ނެހާ ކުރަކަސް ލޯބި ދޯ!
ބޮލީވުޑުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ.

ހާއްސަކޮށް ނެހާ އިސްކޮޅުން ކުރުކޮށް ހުންނާތީ ގިނަ ބަޔަކަށް އޭނާ ކަމުދެ އެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ ކުޑަކޮށް ހުއްޓަށް ކުޅަދާނަ ފަންނާނެއް ގޮތުގަ އެވެ.

ނަމަވެސް ނެހާ ކުރުކަމަށް ބުނެ ކީކޫ ޝަރްދާ އާއި ގޯރަވް ގެރާ ވަނީ މަލާމަތްކޮށްފަ އެވެ. ޑރ. ޕްރާން ލެލޭ ނަމަކަށް ކިޔާ އެ ކޮމެދީ ޝޯ ތެރެއިން ނެހާ އަށް އެމީހުން މަލާމަތްކޮށްފައިވާއިރު ނެހާ ކުރުކޮށް ހުންނާތީ އެކަމަށް ވަނީ ޖޯކު ޖަހާފަ އެވެ.

އޭގެ އިތުރުން އޭނާ ކިތައްމެ ހަޑި ލަވައެއް ކި ނަމަވެސް ލަވަ ހިޓް ވާ ކަމަށް ވެސް ވަނީ އެޝޯތެރޭގައި ކިޔާފަ އެވެ. އެކަމާ ގުޅިގެން ނެހާ ވަނީ ވަރަށް ދެރަވެ، އެކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިތުގެ އުދާސްތައް ހިއްސާކޮށްފަ އެވެ. 

އެކަމާ ގުޅިގެން ނެހާ ގެ ސަޕޯޓަރުން ވެސް ވަނީ ވަރަށް ރުޅި ގަދަވެފަ އެވެ. އެމީހުން ބުނަނީ ނެހަ ކުރުކަމުން ވަރަށް ލޯބި ކަމަށެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް