އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަ އަހުމަދު ސައުދީ ވިދާޅުވީ އެއާޕޯޓު އަންނަ ފެބްރުއަރީ މަހު ހުޅުވޭނެ ކަމަށެވެ.
އެމްޓީސީސީން މިހާރު ވަނީ އެ ކުންފުނީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އެ ރަށުގައި ބާއްވައިގެން އިތުރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފަ އެވެ. މީގެ އިތުރުން ޓާމިނަލް ނިންމުމާއި ލައިޓިންގ ސިސްޓަމްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ސައުދީ ވިދާޅުވި ގޮތުގައި މުލީ އެއާޕޯޓަކީ ވަރަށް ދިގުލައިގެން ގޮސްފައިވާ މަޝްރޫއެކެވެ. އެހެން ނަމަވެސް މިހާރު އެމްޓީސީސީން އެންމެ އިސްކަމެއް ދެނީ މި މަސައްކަތް ނިންމުމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް އަމާޒަކީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެތަނަށް ފްލައިޓް ޖައްސައި ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމެވެ.
މުލީގައި ބިން ހިއްކައިގެން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިމުމުން މުލީގެ ރައްޔިތުންނަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ލިބިގެންދާނެ އެވެ.