ads
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބު އެއްކުރުމަށް އާ ސަވޭއެއް ފަށައިފި
ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބު އެއްކުރުމަށް މިއަދު އާ ސަވޭއެއް ފަށައިފި އެވެ.
Advertisement

މި ސަވޭ ފަށައިދެއްވީ ކްލައިމެޓް ޗޭންޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ކްލައިމެޓް ޗޭންޖް މިނިސްޓްރީން ގުޅިގެން ކުރިއަށްގެންދާ މި ސަވޭގައި، ރިސޯޓުތަކުން ހަކަތަ ބޭނުންކުރާ މިންވަރާއި އުފެދޭ ވިހަ ގޭސްތަކާ ގުޅޭ މައުލޫމާތު އަހަރަކު އެއްފަހަރު އެއްކުރާނެ އެވެ.

ސަވޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ތަރައްގީ ކުރުމަށާއި ގައުމީ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ނިންމުންތައް ނިންމުމުގައި މި ސަވޭގެ ނަތީޖާތަކަކީ ވަރަށް މުހިންމު ހެކިތަކެއް ކަމަށެވެ.

މި ސަވޭގައި އަލަށް ހިމަނާފައިވާ ބައިތަކުގެ ތެރޭގައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އާއި ޕެރިސް އެގްރީމެންޓްގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހިމެނެ އެވެ.

  • ސަވޭގެ މައިގަނޑު އަމާޒަކީ ރިސޯޓުތަކުން ހަކަތަ ބޭނުންކުރާ މިންވަރު ދެނެގަތުން
  • ސަވޭގެ މައުލޫމާތު އެއްކުރާނީ އަހަރަކު އެއްފަހަރު
  • މި ސަވޭއަކީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ތަރައްގީ ކުރުމަށް މުހިންމު ވަސީލަތެއް
  • ސަވޭގައި ޔޫއެންއެފްސީސީސީ އާއި ޕެރިސް އެގްރީމެންޓްގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހިމެނޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް