ސިންދު މިހެން ބުނެފައިވަނީ އޭނާ އައިޓީ ޕްރޮފެޝަނަލެއް ކަމަށްވާ ވެންކަޓަ ދައްތަ ސާއީއާ އެކު އިނދެގެން އުޅެން ނިންމުމާ ގުޅިގެންނެވެ. އޭނާ ބުނީ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ކޮންމެހެން ކުޅިވަރުވެރިއަކު ހޯދުމެއް ނޫން ކަމަށާއި، މާލީ ގޮތުން މުއްސަނދި މީހަކު ހޯދުމެއްވެސް ނޫން ކަމަށެވެ.
ސިންދުއާއި ވެންކަޓަ ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު ހައިދަރަބާދުގައި ކަމަށް އެނގެއެވެ. ވެންކަޓައަކީ ހައިދަރަބާދުގައި ހުންނަ ޕޮސިޑެކްސް ޓެކްނޮލޮޖީސްގެ އެގްޒެކެޓިވް ޑިރެކްޓަރެކެވެ.