ފުލުހުން ބުނީ އެ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިއަދު މެންދުރު 12:00 ގެ ފްލައިޓުން ކަމަށެވެ. އެ ކުއްޖާ ނިޔާވީ ޑިސެމްބަރު 13 ވަނަ ދުވަހުގެ ދަންވަރު އެވެ.
އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ ދަންވަރު 12:00 ގެ ފަހުން އެވެ. އަދި އެ ވަގުތު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށާއި، ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ވެއެވެ. ނަމަވެސް އިތުރު އެއްވެސް ޒަހަމެއް ފެނިފައެއް ނުވެ އެވެ.
ކުއްޖާއަށް ހާޓް އެޓޭކެއް ޖެހުނު ކަމަށް ބަލައި ހިނަވަން ހުއްދަ ވެސް ދިނެވެ. ނަމަވެސް އެ ރަށުން ބަޔަކު މައްސަލަ ޖެއްސުމާ ގުޅިގެން ފުލުހުން މައްސަލަ ބަލަން ފެށީކަމަށް ރިޕޯޓުތައް ބުނެއެވެ.