ގަތަރުގެ ގައުމީ ދުވަހާ ގުޅިގެން އެ ގައުމުގެ އަމީރު ޝެއިކް ތަމީމް ބިން އަމަދު އަލްސާނީ އަށާއި އެ ގައުމުގެ މިނިސްޓަރު ޝެއިކް މުހައްމަދު ބިން އަބްދުއްރައްމާން ބިން ޖާސިމް އަލްސާނީ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ މި ވާހަކަ ފާހަގަކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގަތަރަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށާއި، ދެ ގައުމުގެ މީހުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.
ގަތަރުގެ ގައުމީ ދުވަހާ ގުޅިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ގަތަރުގެ އަމީރަށާއި މިނިސްޓަރަށް އަދި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، އެ ގައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.