ޔޫކްރެއިނަށް ނިސްބަތްވާ ވިތާލީ މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ވިދާޅުވީ މިފްކޯ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރެވޭނެ ކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތަކުގެ ދަށުން އާ ޖެނެރަލް މެނޭޖަރެއް ވަނީ އައްޔަންކޮށްފައެވެ. އަދި މުވައްޒަފުންގެ ގާބިލުކަން ވަޒަންކުރުމުގެ މަސައްކަތް ވެސް ފަށައިފި އެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިނާއަތެއް ގާއިމްކުރުމަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.