ads
ޗާގޯސް ހިމެނޭ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ
މައްސަލަ އުފެދޭ ނަމަ ޗާގޯސް، މޮރިޝަސްއާ ހަވާލުނުކުރަން ގޮވާލައިފި
ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ މެދު އަލުން ވިސްނަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ޗާގޯސްގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރާނެ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. 

ސުވާލު އުފެދިފައި ވަނީ އެ ރަށްތައް އިސްތިއުމާރުކުރި އިނގިރޭސިވިލާތުން ރަށްތައް މޮރިޝަޝްއާ ހަވާލުކުރާނެކަން އިއުލާނުކޮށްފައިވަނިކޮށް މޮރިޝަސްގެ ވެރިކަން ބަދަލުވެ، އާ ބޮޑު ވަޒީރަކު ވަޑައިގެން އަނެއްކާވެސް އާ ޝަރުތުތަކެއް ހުށަހެޅުއްވުމުންނެވެ.

ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސި ވިލާތުން ޗާގޯސް ދޫކޮށްލަން ވާނީ އެ ކަމުގެ ސަބަބުން މޮރިޝަސް އާއި ޗާގޯސް ރަށްތަކުގެ ކައިރީގައި ދެން ހުރި ގައުމުތަކާ މެދު އިތުރު މައްސަލަތަކެއް ނުޖެހޭނެ ފަދަ ގޮތަކަށް ކަމަށެވެ.

އެހެންވެ އިނގިރޭސި ވިލާތުގެ ނިންމުމާ މެދު އަލުން ވިސްނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު މީގެ ކުރިން ވަނީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައި ވަނީ 2036ގެ ނިޔަލަށެވެ.

ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.

އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ނިންމާފައިވާއިރު، އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން މިދިޔަ ވެރިކަމުގައި ބައި ކުރި އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކު އެވެ. އެ މަސައްކަތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީފުޅެއް ވެސް ފޮނުއްވާފަ އެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް