
އަކްރަމް މިހެން ވިދާޅުވީ، މި މައްސަލަ އާ ގުޅިގެން ރޭ ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ފަޒީލް އާއި އަކްރަމް އާ ބައްދަލުވިކަން ތަހުގީގުން އެނގޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެފައި ވަނިކޮށްނެވެ.
އެ ގޮތުން މި މައްސަލައިގައި ފުލުހުން ފަޒީލާ ސުވާލުކުރުމުން، އޭނާ ވެސް ބުނެފައި ވަނީ އެ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި، ގޯތި ނުލިބުމުން ފަޒީލް ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ވެސް ބައްދަލު ކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަކްރަމް ވިދާޅުވީ، އޭނާ ފަޒީލް އާ ދުވަހަކު ވެސް ބައްދަލުވެފައި ނުވާ ކަމަށާއި އެއްވެސް މުއުމަލާތެއް ވެސް ނުކުރާ ކަމަށެވެ. އަދި، އެއްވެސް ކަމެއްގައި އޭނާއާ ބައްދަލުކުރަން ފަޒީލް އެދިފައިނުވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
ފަޒީލް އަކީ މި މައްސަލަ ފެންމަތިވި ފަހުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފަހައްޓާފައިވާ 20 މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ. އޭގެ ތެރޭގައި އަކްރަމު ނުހިމެނެ އެވެ. ފުލުހުން ރޭ ބުނީ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.
މީސް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.
އެ ތަހުގީގު ފެށިއިރު، މައްސަލަ ބޮޑުވެފައިވާ ގޯތީގެ ވަށާފާރު ހުރީ ރާނަން ފަށައިފަ އެވެ. ގާތްގަނޑަކަށް ހަތަރު ފޫޓެއްހާ އުސްމިނަށް ވަނީ ވަށައިގެން ފާރު ރާނައިފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ފަހުންކަން އެނގެ އެވެ. ރޭނުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ގޯތިތެރޭގައި އެބަހުއްޓެވެ.