ކައުންސިލްތަކުން ގެންނަ މުނިސިޕަލް ސާމާނުން ޑިއުޓީ މާފުކޮށްދޭނީ
ގުފްތަގް އަޖީރު
21 ޑިސެމްބަރ 2024 - 23:52:34
ކައުންސިލްތަކުން ރައްޔިތުންނަށް ދޭ މުނިސިޕަލް ހިދުމަތްތަކަށް ގެންނަ ސާމާނުން ޑިއުޓީ މާފުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވީ، ކައުންސިލްތަކުން ގެންނަ އާލާތްތަކާއި މެޝިނަރީތަކުން ނަގާ ޑިއުޓީ މާފުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"މިސާލަކަށް ގދ. ވާދޫން ހައިމާކެއް ގެނެސްފި. އެ ގެނައިމަ ޑިއުޓީ މާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ. އެހެން ކައުންސިލްތަކުން ވެސް އެދުނީމަ މިގޮތަށް މުނިސިޕަލް ހިދުމަތްތަކަށް ގެންނަ ތަކެތިން މާފުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ބައެއް ކައުންސިލްތަކަށް ދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިކަން ހާސިލްކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން ކުރިއަށްދާ ކަމަށް ވެސް އެ މިނިސްޓަރު ވިދާޅުވި އެވެ.
- ކައުންސިލްތަކުން މުނިސިޕަލް ހިދުމަތްތަކަށް ގެންނަ ސާމާނުން ޑިއުޓީ މާފުކޮށްދޭން ވަނީ ނިންމާފަ.
- ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ބައެއް ކައުންސިލްތަކަށް ދިނުމަށް މަސައްކަތް ކުރާނެ
- ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވި
- ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް