ads
އޭޓީއެފް ދެ މުބާރާތްވެސް އާރާ ކާމިޔާބުކޮށްފި
އޭޓީއެފް ދެ މުބާރާތްވެސް އާރާ ކާމިޔާބުކޮށްފި
އޭޓީއެފް ޖޫނިއާ ދެ މުބާރާތްވެސް ގައުމީ ޓެނިސް ޓީމުގެ ތަރި، އާރާ އާސާލް އާޒިމް ހޯދައިފިއެވެ.
Advertisement

ރާއްޖޭގައި ކުރިއަށްދިޔަ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)ގެ ޖޫނިއާ ދެ މުބާރާތުގެ ވެސް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފައިވަނީ އާރާ އެވެ. ފުރަތަމަ މުބާރާތުގެ ފައިނަލުގައި، ރާއްޖޭގެ ނަޔާރާ އުސާމާ އަލީއާ ކުޅެގެން އާރާ މޮޅުވީ، 6-0، 6-4 އިންނެވެ.

ދެ ވަނަ މުބާރާތުގެ ފައިނަލްއ މެޗުން އާރާ ވަނީ، ހޮންގް ކޮންގްގެ ހުއި ލަމް އެލާ ވޯންގްއާ ކުޅެގެން މޮޅުވެފަ އެވެ. އާރާ މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-2، 6-3 އިންނެވެ.

އޭޓީއެފް ދެ ވަނަ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ކެރީން އާއި ކަޒަކްސްތާންގެ އަރްޒާން ބަޔަލީނާގެ ޕެއާ އިންނެވެ. އެ ޕެއާ އިން ފައިނަލުގައި، ރާއްޖޭގެ އައިޝަތު ލިވިއާ ކަތީރު އާއި ނީމް އަހުމަދު ސަލީމްގެ ޕެއާ ބަލިކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ، 6-1، 6-2 އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް