ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ މި ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެމްޑީންގެ މަގާމުތައް ވިއްކާލާފައިވާ ކަމަށެވެ. އެ މަގާމުތައް ދީފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކެމްޕެއިން ދަތުރުތަކުގައި އުޅުނު މީހުންނާއި އަރިހުގައި މަސައްކަތްކުރި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް މަގާމު ދިނީ ވެސް ކުރިން ރައީސް މުއިއްޒުގެ އަރިހުގައި ގާތްކޮށް މަސައްކަތްކުރި ކަމަށް ޓަކައި ކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީ ފަޒީލް ރަޝީދަށް ހައްގު ނޫން ގޮތުގައި ހުޅުމާލެއިން ގޯއްޗެއް ހޯދައިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;