މެޓް އޮފީހުން މިއަދު ނެރުނު މޫސުމާ ބެހޭ ރިޕޯޓުގައި ބުނެފައިވަނީ މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން ހަ ފޫޓާއި އަށް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ. އަދި އުތުރުގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ވައިގެ ބާރުމިން ވެސް އިތުރުވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ހަ މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ސަރަހައްދުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. އަދި މުޅި ރާއްޖެއަށް ވިއްސާރަވެ، ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
- ދެކުނު އަދި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން 6-8 ފޫޓު
- އުތުރުގައި ރާޅުގެ އުސްމިން 3-5 ފޫޓު
- ވިލާގަނޑުގައި ވައިގެ ބާރުމިން 40 މޭލަށް އަރާނެ
- މުޅި ރާއްޖެއަށް ވިއްސާރަވެ ގުގުރާނެ
- އުތުރަށް 6-15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ
- އެހެން ސަރަހައްދުތަކަށް 13-23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ