ads
ފޮޓޯ:ބީސީސީ
އައްޑޫ ގާމެންޓް ފެކްޓަރީގެ މަސައްކަތް ހުއްޓައެއް ނުލާ ކުރިއަށް އެބަ ދޭ: ބީސީސީ
އައްޑޫ ގައި އަޅަން ނިންމާފައިވާ ގާމެންޓް ފެކްޓަރީގެ މަސައްކަތް ހުއްޓައެއް ނުލާ ކަަމަށާއި އޭގެ މަސައްކަތް ކުރިއަށް ދާކަމަށް ބީސީސީން ބުނެފިއެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެމުން އައްޑޫ ގާމެއްންޓު ފެކްޓްރީގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާކަމަށް ބީސިސީގެ އޮފިޝަލެއް މިހެން ބުނެފައިވާއިރު ބައެއް މީޑިއާތަކުން ދަނީ  ގާމެންޓް ފެކްޓަރީގެ މަސައްކަތަށް އައްޑޫ ސިޓީ ކައުންސިލުން ބީސީސީއަށް ދޫކުރި ބިން ދޫކޮށްލާކަމަށާއި އެ މަސައްކަތް ހުއްޓިފައިވާކަމުގެ ވާހަކަ ރިޕޯޓް ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތެއް ހޯދުމަށް ސީއެންއެމްގެ ނިއުސްޓީމުން ވަނީ އައްޑޫ މޭޔަރު އަލީ ނިޒާރުގެ ބަހެއް ހޯދާފައެވެ.

"އަޅުގަނޑުގެ ޓްވީޓުގައި އިނީ އެމީހުންގެ ރަނގަޅު ނިޔަތެއް ނެތްކަމަށް ، މިހާރުވެސް އެބުނަނަނީ އެހެން، ބިން ބަދަލުކުރިނަމަ ބިން ބަދަލު ކުރި ވާހަަކަ އަޅުގަނޑުމެން ކައިރީ ބުނަން ވާނެތާ " މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.

އެކަހަލަ ކަމަކަށް އެންމެ އެކަށީގެންވާ ތަނަކުން ބީސީސީއަށް ބިން ދީފައި އޮތީ ރަނގަޅު ސައިޒަށް އެމީހުން އެއްބަސްވި ވަަރަކަށް ކަަމަށާއި އެއީ ދެފަރާތުން އެއްބަސްވެ ސޮއިކޮށް ނިމިފައި އިން ކަމެއް ކަަމަށް ނިޒާރު ވިދާޅުވިއެވެ.

"ގާމެންޓް ފެކްޓަރީގެ ބިމަށް އެބަ ކުރަހާ ނިމޭ، އެހުރިހާ ކަމެއް ހިނގާއިރު ކުއްލި އަކަށް އެ ބިން އެހެން ބަޔަކަކަށް ދޭށޭ، ތިމަންނަމެންނަށް އެހެންތަނަކުން ބިންދޭށޭ ބުނަން އެއީ ، ރަނގަޅު ވާހަކައެއް ނޫންތާ، އަދިވެސް އަޅުގަނޑަށް ދެންނެވޭނީ އެއީ އެމީހުންގެ ހެޔޮ ރަނގަޅު ނިޔަތެއް ނެތޭ އެކަމުގައި ، އެހާ ސާފެއް ނޫނޭ އަދިވެސް ، އެވާހަކަ ކައުންސިލުން ދެއްކީތީ މިހާރު އެއްޗެކޭ ބުނަނީ ކަަމަށް އަޅުގަނޑު ގަބޫލުކުރަނީ ، މަސައްކަތް ނުފެށެނީސް ގަބޫލެއް ނުކުރެވޭނެ" މޭޔަރު ވިދާޅުވިއެވެ.

ގާމެންޓް ފެކްޓްރީ ގާއިމް ކުރަން ބޭނުންވާ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބީސީސީއާ ދެމެދު ސޮއި ކޮށްފައިވަނީ 9 ޖޫން 2024 ގައެވެ. ގާމެންޓް ފެކްޓްރީ ގާއިމް ކުރުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ބީސީސީއަށް ކުއްޔަށް ދީފައިވަނީ 30،000 އަކަފޫޓުގެ ބިމެކެވެ. 

މި މަޝްރޫއާއެކު، ރާއްޖެއަށް އެތެރެކުރާ ފޭރާމުގެ ބާވަތްތައް މަދުކޮށް، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކުރުމަކީ ބީސީސީގެ އަމާޒަކަށް ވަނީ ވެފަ އެވެ. 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ އިސްނެންގެވުމާއެކު ބީސީސީން ތަރައްގީ ކުރާ މި ފެކްޓްރީ ވެގެންދާނީ، ފެހުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ވިޔަފާރިތަކަށް ފުރުސުތު ފަހިވުމާއެކު، އަދުގެ ސަރުކާރުގެ ސިނާއީ ތަރައްގީގެ ހެޔޮ ބަދަލު ބާރު ދުވެލީގައި އައްޑޫ ސިޓީއާއި މުޅި ރާއްޖެއިންވެސް ފެނިގެންދާނެ ކަމަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް