މުލީ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. މުޅި މަޝްރޫޢު ނިންމާ ހިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތްތައް ވަނީ ލަސްވެފަ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ ކުންފުނީގެ އަމާޒަކީ މާޗް މަސް ފެށުމުގެ ކުރިން އެއާޕޯޓުގެ މަސައްކަތް ނިންމާލުން ކަމަށެވެ. މުބީން ވިދާޅުވީ މިހާރު ކުރަމުންދަނީ އެއާޕޯޓު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ކަމަށެވެ.
އެގޮތުން އެއާޕޯޓަށް ބޭނުންވާ ވެހިކަލް އާއި މެޝިނަރީ އާއި ވަސީލަތްތައް ހޯދުމާއި އޮފީސް ބައި ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުބީން ވިދާޅުވިއެވެ.
އަދި އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓަށް މީހުން ނަގައި ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުބީން ވިދާޅުވި އެވެ.
މުލީ އެއާޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭގެ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.