ވެމްކޯގެ ކުނި ބޭރުކުރުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަނީ
ގުފްތަގް އަޖީރު
24 ޑިސެމްބަރ 2024 - 01:41:52
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރާއްޖޭގެ ހުރިހާ ރަށަކަށް ކުނި ބޭރުކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.
މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
ވެމްކޯ އިން މި ހިދުމަތް ދިނުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީއެއް ހަދާފައިވާ ކަމަށެވެ. އަދި މި ހިދުމަތް ދޭނީ ވެމްކޯއަށް އަދި ކައުންސިލްތަކަށް މާލީ ގޮތުން ބުރަ ބޮޑުނުވާނެ ގޮތަކަށްކަމަށް ވެމްކޯއިން ބުނެއެވެ.
ކޮވިޑް-19ގެ ކުރިން ވެމްކޯއިން ވަނީ 11 ރަށަކުން ކުނި ބޭރުކޮށްފައެވެ. އަދި ކޮވިޑް-19 އަށްފަހު 19 ރަށަކުން އެތައް ހާސް ޓަނުގެ ކުނި ބޭރުކޮށްފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. މިހާރު މި ހިދުމަތް މާލެ އަތޮޅު މާފުށްޓާއި ހިންމަފުށީގައި ވަނީ ފަށާފައެވެ.
- ވެމްކޯގެ ކުނި ބޭރުކުރުމުގެ ހިދުމަތް ޖެނުއަރީ މަހުން ފެށިގެން މުޅި ރާއްޖެއަށް ފުޅާކުރާނެ
- މި ހިދުމަތް ދިނުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީއެއް ހަދާފައިވޭ
- ކޮވިޑް-19ގެ ކުރިން 11 ރަށަކުންނާއި، ފަހުން 19 ރަށަކުން ކުނި ބޭރުކޮށްފައިވޭ
- މިހާރު މި ހިދުމަތް މާލެ އަތޮޅު މާފުށްޓާއި ހިންމަފުށީގައި ފަށާފައިވޭ
- ހިދުމަތް ދޭނީ ވެމްކޯއަށާއި ކައުންސިލްތަކަށް މާލީ ގޮތުން ބުރަ ބޮޑުނުވާނެ ގޮތަކަށް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް