ޑްރަގް ކޯޓަށް ލަފާދިނުމަށް އެންޑީއޭގެ ޓެކްނިކަލް ކޮމެޓީއެއް އެކުލަވާލައިފި
ގުފްތަގް އަޖީރު
24 ޑިސެމްބަރ 2024 - 23:18:14
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އެ އޭޖެންސީގެ ޓެކްނިކަލް ކޮމެޓީއެއް އެކުލައިފިއެވެ.
މި ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑްރަގް ކޯޓަށް ބޭނުންވާ ފަންނީ ލަފާ ދިނުން ހިމެނެއެވެ.
ޖުމްލަ 11 މެންބަރުން ހިމެނޭ މި ކޮމެޓީގެ ޗެއަރޕާސަނަކީ އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ފަސީހެވެ. އަދި ވައިސް ޗެއަރޕާސަނަކީ ކައުންސިލަރު ޝަމާ ނަސީރެވެ. އެންޑީއޭއިން ބުނީ މި ކޮމެޓީން މަސްތުވާތަކެތީގެ މައްސަލަތަކުގައި އަދަބު ކަނޑައެޅުމާއި، ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި ޑްރަގް ކޯޓަށް ލަފާ ދޭނެ ކަމަށެވެ.
މި ކޮމެޓީގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި އަހަރަކު އެއްފަހަރު މައްސަލަތަކުގެ ތަފްސީލް ރިޕޯޓެއް ނެޝަނަލް ޑްރަގް ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.
- އެންޑީއޭގެ ޓެކްނިކަލް ކޮމެޓީގައި 11 މެންބަރުން ހިމެނޭ
- ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ޑްރަގް ކޯޓަށް ލަފާދިނުން
- ކޮމެޓީގެ ޗެއަރޕާސަނަކީ އަބްދުﷲ ފަސީހް
- މަސްތުވާތަކެތީގެ މައްސަލަތަކުގައި އަދަބު ކަނޑައެޅުމާއި ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި ލަފާދޭނެ
- އަހަރަކު އެއްފަހަރު ރިޕޯޓެއް ނެޝަނަލް ޑްރަގް ކައުންސިލަށް ހުށަހަޅަންޖެހޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް