ads
ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި އިންޑިއާ މީހުން
ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި މީހުންގެ މައްސަލަ އިންޑިއާ ހައިކޮމިޝަނުން ބަލަނީ
ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ކުންފުނި ރެނާޓަސްގެ ލޭބަރުންގެ މައްސަލަ އިންޑިއާ ހައި ކޮމިޝަނުން ބަލަން ފަށައިފި އެވެ.
Advertisement

އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކުރި ގޮތުގައި، މުސާރަ ނުލިބި ހާލުގައި ޖެހިފައިވާ 196 ލޭބަރުންގެ މައްސަލައިގައި ހައި ކޮމިޝަނުން ވަނީ ރެނާޓަސްގެ ޕްރޮޖެކްޓް މެނޭޖަރާ މަޝްވަރާކޮށްފަ އެވެ. މި މައްސަލައިގައި އޮޑިޝާ ސްޓޭޓުގެ 35 މީހުންނާއި ޓެމިލް ނާޑޫ ސްޓޭޓުގެ ހަތަރު މީހުން ވަނީ އަނބުރާ އިންޑިއާއަށް ދިއުމަށް އެދިފަ އެވެ.

ރެނާޓަސްއަކީ އިންޑިއާ އެގްޒިމް ބޭންކުގެ 17 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި ލޭބަރުންނަށް ނުދީ ހުރި މުސާރަ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހަމަޖައްސައިދޭނެ އެވެ.

ލޭބަރުން އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މުސާރަ ނުދޭ މައްސަލައިގައި އިހުތިޖާޖުކުރުމުން، އެ މީހުންނަށް ހަމަޖައްސާފައިވާ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވާ ކަމަށެވެ. އަދި މިދިޔަ ޖޫން/ޖުލައި މަހު ރާއްޖެ އައި ފަހުން މުސާރަ ދީފައިވަނީ އެންމެ މަހަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

  • ރެނާޓަސްގެ 196 އިންޑިއާ ލޭބަރުން ހާލުގައި ޖެހިފައިވޭ
  • 39 ލޭބަރުން އަނބުރާ އިންޑިއާއަށް ދިއުމަށް އެދިފައިވޭ
  • މުސާރަ ނުދީ ހުރި ފައިސާ ދެތިން ދުވަހުގެ ތެރޭގައި ދޭނެކަމަށް ކުންފުނިން ބުނެފައިވޭ
  • އައްޑޫ އެއާޕޯޓުގެ މަސައްކަތަށް 17 މިލިއަން ޑޮލަރު ހަރަދުކުރޭ
  • އިހުތިޖާޖު ކުރުމުން ލޭބަރުންގެ ކަރަންޓު ކަނޑާލާފައިވޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް