އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މި އަހަރު 28 ފަރާތަކުން ގުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާ ދަތުރު ހަމަޖައްސައިދެއެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 6 ހާފިޒުންނަށް އުމްރާ ދަތުރުގެ ފުރުސަތު ދެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައްވެސް ހިމެނެއެވެ. މިކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުރުއާނުގެ އިލްމު ފެތުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.