ads
އުރީދޫ ނޭޝަންގެ މުބާރާތެއްގެ ތެރެއިން: އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަންނަ ފެބްރުއަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އުރީދޫ
ބޮޑު ފައިސާގެ އިނާމަކާ އެކު އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެބްރުއަރީގައި
"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" އަންނަ އަހަރުގެ ފެބްރުއަރީގައި ބާއްވަން ނިންމައިފި އެވެ.
Advertisement

ފެބްރުއަރީ 21، 22 ގައި ބާއްވާ ގޭމިން ފެސްޓިވަލުގައި މި އަހަރުގެ "އުރީދޫ ނޭޝަން" ގެ ކޮންޓެންޑާ ސީރީޒްތަކުގައި ވާދަކޮށް، ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން އެއް ލައްކަ ރުފިޔާގެ އިނާމަށް ވާދަކުރާނެ އެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ކުޅުންތެރިން ވާދުކުރާ ގޭމްތަކުގެ ތެރޭގައި ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕާއި އީއޭއެފްސީ ޗެމްޕިއަންޝިޕާއި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕް ހިމެނެ އެވެ.

އެ ޝަރަފުވެރި އެވޯޑަކީ 2024 ގެ ތެރޭގައި އުރީދޫ ނޭޝަން މުބާރާތްތަކުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުމަކާއި ހުނަރު ދައްކުވައިދީފައިވާ ގޭމަރުގެ އަގު ވަޒަންކޮށް ފާހަގަ ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

އެ އެވޯޑަށް ޝަރުތު ހަމަވާ ކުޅުންތެރިން އިވެލުއޭޓް ކުރަނީ އުރީދޫ ނޭޝަންގެ ޖަޖުން ގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ. އެގޮތުން ޖަޖުންގެ ސްކޯގެ 60 ޕަސަންޓް އަދި އާންމުންގެ އެސްއެމްއެސް ވޯޓުން 40 ޕަސަންޓް އެވޯޑު ދިނުމުގައި ބަލާނެ އެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލް 2024 ރޭވިފައިވަނީ ގޭމް ކުޅޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށް ވެސް އުފާވެރި، މަޖާ އަދި ފޯރިގަދަ އިވެންޓެއްގޮތުގަ އެވެ.

your imageއުރީދޫ ނޭޝަންގެ މުބާރާތެއްގެ ތެރެއިން: އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަންނަ ފެބްރުއަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ ގޭމްތައް:

  • ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް
  • އީއޭއެފްސީ ޗެމްޕއަންޝިޕް
  • މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕް

އުރީދޫ ނޭޝަން އިން ގޭމިން ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި އަހަރުގެ ތެރޭގައި އުރީދޫ ނޭޝަަން އިިން ވަނީ އެކި ގޭމިން މުބާރާތްތައް ބާއްވައިފަ އެވެ.

އުރީދޫ ނޭޝަން އަކީ ގޭމިން ކުރިއަރުވައި، އީ-ސްޕޯޓްސްގެ ފުރުސަތުތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދައިދިނުމުގެ ގޮތުން އުރީދޫން ތައާރަފް ކުރި ޕްލެޓްފޯމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް