
އެ ކުންފުނިން ބުނިގޮތުގައި އާ އަހަރުގެ ހަރަކާތްތައް، މި މަހުގެ 31ގައި އާއި 1 ޖެނުއަރީގައި ވެސް ކުރިއަށް ގެންދާނެ އެވެ.
ފެސްޓިވަލްގެ ތެރެއިން ދިވެހި ސަގާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކުގެ އިތުރުން އާ އަހަރުގެ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނީ ޑްރޯން ފެސްޓިވަލް ކުރިއަށް ދާނީ 31 ޑިސެންބަރު ވާ އަންގާރަ ދުވަހުގެ ރޭ 09:00 ގައި ކަމަށާއި ހަވާ އަރުވާނީ އެ ރޭ 12 ޖަހާއިރު ކަމަށެވެ.
އަދި، ފުޑް ފެސްޓިވަލް 31 ވަނަ ދުވަހުގެ ރެ އާއި ޖެނުއަރީ އެއް ވަނަ ދުވަހުގެ ހަވީރު ހަތަރުން ރޭގަނޑު 10 އަކަށް ކުރިއަށް ދާނެ އެވެ.
"މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.