ads
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް
މަންމޯހަންގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ މަންމޯހަން ސިންގްގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ސޮއިކުރައްވައިފި އެވެ.
Advertisement

ދަފުތަރުގައި ސޮއިކުރައްވައި ރައީސް ލިޔުއްވި މެސެޖުގައި، ޑރ ސިންގްއަކީ ތަޖްރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ހާއްސަކޮށް ހިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިހުތިރާމް ހޯއްދަވާފައިވާ ޝަހުސެއްކަން ފާހަގަކުރެއްވި އެވެ. 

އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޑރ ސިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އާކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމުގެ އުއްމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔަ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑރ ސިންގްގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.

އުމުރުފުޅުން 92 އަހަރުގައި މަންމޯހަން އަވަހާރަވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ ސިއްހީ ހާލުކޮޅު ގޯސްވެގެންނެވެ.

ސިންގް ސިޔާސީ ގޮތުން މަޝްހޫރުކަން ހޯއްދެވީ 1991 ވަނަ އަހަރު އިންޑިއާގެ ފިނޭންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެވެ. އޭރު ގައުމު ދަތުރުކުރަމުން ދިޔައީ ބަނގުރޫޓު ވުމާ ދިމާއަށެވެ.

އޭނާ އުންމީދު ނުކުރާ މަގާމަކަށް އައްޔަން ކުރުމުން، ތައުލީމީ އަދި ސިވިލް ސާވަންޓެއްގެ ހައިސިއްޔަތުން ކުރިއަށް ވަޑައިގަތުމުގައި ސިއްކަ ޖެހުނެވެ. ސަރުކާރުގެ އިކޮނޮމިކް އެޑްވައިޒަރެއްގެ މަގާމު ފުރުއްވައި، އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ވެސް އޭނާ ކުރެއްވި އެވެ.

ސިންގް އަކީ ޖަވާހަރްލާލް ނެހްރޫއަށް ފަހު ފުރިހަމަ ދައުރެއް އަދާކުރެއްވުމަށް ފަހު ދެ ވަނަ ދައުރަކަށް އިންތިހާބުވި އިންޑިއާގެ ފުރަތަމަ ލީޑަރެވެ. އަދި އެ ގައުމުގެ އެންމެ އިސް މަގާމުގައި ހުންނެވި ފުރަތަމަ ސިކް ލީޑަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް