އުރީދޫއިން ތައާރަފުކޮށްފައިވަނީ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އައު އެޑް-އޮންތަކެކެވެ.
އެ އެޑްއޮންތަކަކީ:
މި އާ 5ޖީ އެޑް-އޮންތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސް އިން ވަނީ ބޮޑެތި ޑޭޓާއާއެކު މިނޫންވެސް އާ އަހަރުގެ އޮފާތައް ތައާރަފްކޮށްފަ އެވެ.
އެ ގޮތުން ތައާރަފުކުރި އޮފާތަކުގެ ތެރޭގައި 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރިޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް ހިމެނެ އެވެ.
މީގެ އިތުރުން 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، ފަސް ދުވަހަށް އަދި ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކާއި އެކު 12 މަހަށް، ހަ މަހަށް އަދި ތިން މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް ހިމެނެ އެވެ.
މި އެޑް އޮންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. އާ އަހަރާ ގުޅުވައިގެން އުރީދޫން ތައާރަފުކުރި މި އޮފާތަކަށް އަންނަ މަހުގެ ނިޔަލަށް އެދެވޭނެ އެވެ.