ads
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ހަރަކާތެއް ފަށަނީ
މީސަލްސް -- ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
Advertisement

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ އަބްދުލްގަފޫރު ވިދާޅުވީ، ފާއިތުވި 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެހެންކަމުން، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ބަލީގެ ނުރައްކާ އޮތް މީހުންގެ އަދަދު މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިޔާ ވިދާޅުވީ، މިހާރުވެސް ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކާ ސީދާ ދިމާވާ މީހުންނަށް ވެކްސިން ދެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި އާންމު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހިމަބިހީގެ ވެކްސިންއަށް ގައުމީ ވެކްސިން ތާވަލުގެ ތެރެއިން އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ.

ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވެ ފުރާނައަށް ގެއްލުންވުމުން ސަލާމަތްކޮށްދޭކަމަށް އެޗްޕީއޭއިން ބުންޏެވެ. ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިރުޝާދު ދީފަ އެވެ.

ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުންގެ ތެރެއަށް ނުގޮސް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ހިމަބިހީގެ އަލާމަތްތައް:

- ހުން އައުން.

- ހަމުގައި ރަތް ބިހިތަކެއް ނެގުން.

- ކެއްސުން.

- ނޭފަތުން އަރިދަފުސް ފޭބުން.

- ލޯ ރަތްވުން.

އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ނުވަ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;