ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ކަރަންޓުގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
ކަރަންޓްގައި ޖެހިގެން ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެޗްގެ ވެންޓިލޭޓަރުގައި އޮތް ކުއްޖާގެ ހާލަރު ރަނގަޅާން ފެށުމުން ވެންޓިލޭޓަރުން ނަގައިފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، 14 އަހަރުގެ އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގަ އެވެ. ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މިއަދު ވިދާޅުވި ގޮތުގައި، ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދިޔަ އެ ކުއްޖާ ވެންޓިލޭޓަރުން އިއްޔެ ނަގާފައިވާ ކަމަށެވެ. 

އަދި އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑްގައި ކަމަށް އޮފިޝަލް މައުލޫމާތު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;