އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު މި މައްސަލަ ކުރިން ހުށަހެޅުއްވީ ހައި ކޯޓަށެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމުން މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމާފަ އެވެ.
ތިނަދޫގެ އާބާދީގެ ގޮތުގައި ޑީއެންއާރުން ދޫކޮށްފައިވާ މައުލޫމާތުގައި ވަނީ 7،000 މީހުންނެވެ. އަދި ތިނަދޫ ކައުންސިލުން ހުށަހަޅާފައިވާ ލިސްޓުގައި މަރުވެފައިވާ މީހުންނާއި، އެއް ނަމެއްގައި ތަފާތު އައިޑީ ކާޑު ނަންބަރުތަކުގައި މީހުން ހިމަނާފައިވާ ކަމަށް ރާގިބު ތުހުމަތުކުރައްވައެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމަށް އާބާދީގައި މަދުވެގެން 10،000 މީހުން ތިބެންޖެހެ އެވެ. ނަމަވެސް ތިނަދޫ އަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;