ads
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު - ‏ފޮޓޯ: އެމްޑަބްލިއުއެސްސީ
މާލޭގެ އާބާދީ އިތުރުވާތީ، ފެނުގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ: މަތީން
މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދިއުމާ ގުޅިގެން އުއްދާ ފެނުގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭކަމަށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުކުރައްވައި މަތީން ވިދާޅުވީ، މާލޭ ސަރަހައްދުގައި ގާއިމްކޮށްފައި ހުރި ފެން ޕްލާންޓްތަކުން މިހާރު ދުވާލެއްގެ މައްޗަށް އުފެއްދެނީ 20،000 ޓަނުގެ ފެން ކަމަށެވެ. މިވަގުތު މިސަރަހައްދުން ދުވާލަކަށް އިތުރު 11،000 ޓަނުން މަތީގެ އަދަދަކަށް ފެން ބޭނުންވާކަމަށް ވިދާޅުވިއެވެ. 

އާ ފެން ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފާހަގަކުރައްވައި މަތީން ވިދާޅުވީ ހުޅުމާލޭގައި 5000 ޓަނުގެ ޕްލާންޓެއް އަދި މާލޭގައިވެސް 5000 ޓަނުގެ ޕްލާންޓެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަކަށެވެ.

މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދިޔުމާ ގުޅިގެން ފެނުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމަށާއި އަމާޒަކީ މިހާރަށް ވުރެ ފެނުގެ ކެޕޭސިޓީ 2 ގުނައަށް އިތުރުކުރުން ކަމަށް ވެސް ވިދާޅުވިއެވެ. 

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތަކީ މިވަގުތު އެމްޑަބްލިއުއެސްސީން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެވެ. އެގޮތުން މަތީން ވަނީ މިއަހަރު ކުރީކޮޅު އެ މަސައްކަތް ވެސް ނިންމާލާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް