
ޓޮޕް ސީޑް ނޮވާކް ޖޮކޮވިޗް ބްރިސްބޭން އިންޓަނޭޝަނަލް އިން ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލުގައި ރެއިލީ އޮޕެލްކާ އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ.
އޭޓީޕީގެ 100 ވަނަ ޗެމްޕިއަންކަން ހޯދުމަށް ޓާގެޓްކޮށްފައިވާ ޖޮކޮވިޗް، އެމެރިކާގެ ކުޅުންތެރިޔާ އަތުން ބަލިވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ.
ދުނިޔޭގެ އެއްވަނަ ރޭންކިންގައި އޮތް ޖޮކޮވިޗް ބަލިވީ، 293 އަށް ރޭންކްކޮށްފައިވާ ކުޅުންތެރިޔާ އަތުންނެވެ. އުމުރުން 27 އަހަރުގެ އޮޕެލްކާ މެޗަށް ފަހު ބުނީ، ޖޮކޮވިޗް އަތުން މޮޅުވާނެ ކަމަށް އޭނާ އުއްމީދު ނުކުރާ ކަމަށެވެ.
24 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ބްރިސްބޭން އިންޓަނޭޝަނަލުން ކެޓީމާ ދެން އޭނާ ފޯކަސް ކުރާނީ އޭނާގެ އާ ކޯޗު އެންޑީ މުރޭގެ އިރުޝާދުގެ ދަށުން 11 ވަނަ އޮސްޓްރޭލިއަން އޯޕަންއަށެވެ. އެ މުބާރާތް ފެށޭނީ ޖަނަވަރީ 12 ގައެވެ.