ads
އިންޑިއާ އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުން ބައްދަލުކުރެއްވަނީ
އިންޑިއާގެ އެހީތެރިކަމާއެކު އާ މަޝްރޫއުތަކެއް ފެށުމަށް އެއްބަސްވެއްޖެ
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ކަލީލެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރެވެ.

ދެ ގައުމުގެ މެދުގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެ މިނިސްޓަރުން ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، އިގްތިސާދީ ގުޅުންތަކާއި، އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓް އިނީޝިއޭޓިވްސްގެ ދަށުން ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ދެ ފަރާތުން ބަދަލުކުރިއެވެ.

ފޮރިން މިނިސްޓަރު ކަލީލް ވިދާޅުވި ގޮތުގައި، މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ޝުކުރުވެރިވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ، ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމަށް ދެ މިނިސްޓަރުން އެއްބަސްވެވަޑައިގެންނެވިއެވެ.

  • އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓް އިނީޝިއޭޓިވްސްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދާނެ
  • ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވި
  • މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ދޭ އެހީތެރިކަން ލިބޭނެ
  • ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މެދުގައި މަޝްވަރާ ބައްދަލުވުން ބޭއްވުނު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް