
ނުރައްކާތެރި އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގަ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުއްވި 18 އަހަރުގެ ޒުވާނާ އަށް ބޮޑެތި ގެއްލުންތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދީފައިވެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ދުށް މީހަކު ވާ ނަމަ އެ މައުލޫމާތު ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ. އަދި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.