ads
ދިރާގު ހައި ސްޕީޑް ފައިބަރް ބްރޯޑްބޭންޑް ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދީފި - ފޮޓޯ/ ދިރާގު
ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދީފި
ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދޭން މިއަދު ފަށައިފި އެވެ.
Advertisement

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދިނުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން ފަސް އަހަރެއްހާ ދުވަސްވަން ދެން ވަނީ މަސައްކަތް ކޮށްފަ އެވެ. މި ހިދުމަތް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މިހާރު ލިބޭނެ އެވެ.

މިކަން އިއުލާންކުރީ މިއަދު ދިރާގުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ލިބިގެންދާ އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭވަރުގެ ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފައިބަ ހިދުމަތް 100 އިންސައްތަ އާބާދީއަށް ފޯރުކޮށްދީފައި ވަނީ މަދު ގައުމެއްގަ އެވެ.

ބްރޯޑްބޭންޑްއަކީ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނޭ ކަމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީގެ ޕްލޭންގައި ބްރޯޑްބޭންޑްގެ ހިދުމަތް ފުޅާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެކެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ، ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ ފަހަރަށް ފޯރުކޮށްދިނުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ފަސޭހަކަމާ އެކު ޑިޖިޓަލް ހިދުމަތްތަކަށް އެކްސެސް ލިބޭނެ. މި ކަމުގެ ސަބަބުން އިގްތިސޯދީގޮތުން ވެސް ކުރިއެރުންތަކެއް ލިބޭނެ. މިއީ ތަރައްގީގެ އިތުރު ހަރުފަތަކަށް އަރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ދިރާގަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ހަލުވި އަދި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާވެގެންދިއުމުގެ ސަބަބުން އެންމެ އުތުރާއި ދެކުނުގެ ކުދި ބޮޑު ހުރިހާ މުޖުތަމައުތަކަށް ވެސް ޑިޖިޓަލް އެކްސެސް އިތުރުވެ، ޑިޖިޓަލް އިގުތިސާދެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތިވެދިޔަ 36 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް