ads
ބީއެމްއެލް އޭޓީއެމް-- ފޮޓޯ: އަވަސް
އޭޓީއެމްތަކުން ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ނުކުރެވޭނެ: ބީއެމްއެލް
އޮންލައިން ޓްރޭޑްކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ދޭހަވާގޮތަށް ދެކެވޭ ވާހަކަތަައް އެ ބޭންކުން މިރޭ ދޮގުކޮށްފި އެވެ.
Advertisement

ބީއެމްއެލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރިޕްޓޯ އެކްސްޗޭންޖު ކުރުމުގެ ހިދުމަތް އެ ބޭންކުގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ނުދޭ ކަމަށެވެ.

ބީއެމްއެލްގެ އޭޓީއެމާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭ ގޮތަށް، ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި އެ ބޭންކުން ޝާމިލުވެ، އެކަމަށް މަގުފަހި ކޮށްދޭ ކަމަށް ދޭހަވާ ގޮތަށް ވީޑިއޯއެއް އާންމު ކޮށްފައި ވާތީ ބޭންކުން ހިތާމަކުރާ ކަމަށް ވެސް ބުންޏެވެ. އަދި އެ އަމަލު ބީއެމްއެލް އިން ކުށްވެރި ކުރި އެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑުގެ އިތުރުން އެހެނިހެން އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެ އެވެ. މިފަދަ ބައިނަލްއަގުވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް މި ދެންނެވި ވީޑއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ އެވެ،" ބޭންކުގެ ބަޔާނުގައި ވެ އެވެ.

ބީއެލްމް އިން އެހެން ބުނީ، ޓްރޭޑް ކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ އެ ބޭންކުގެ އޭޓީއެމްތަކުން އެކްސްޗޭންޖު ކުރެވޭ ކަމަށް ދޭހަވާ ގޮތަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެކްސްގައި ވީޑިއޯއެއް އާންމު ކުރުމުންނެވެ. 

އެ ވީޑިއޯގައި އަލްހާން ބުނެފައި ވަނީ އޮންލައިން ޓްރޭޑް ކޮށްގެން ލިބޭ ކްރިޕްޓޯ ކަރެންސީ އެކަމަށް ހާއްސަކޮށް ހައްދާފައިވާ ބޭރުގެ ކާޑެއް މެދުވެރިކޮށް ބީއެމްއެލްގެ އޭޓީއެމުން އެކްސްޗޭންޖު ކުރެވޭ ކަމަށެވެ. އަދި އެ ކާޑު މެދުވެރިކޮށް 100،000 ޑޮލަރަށްވާ ދިވެހި ފައިސާ އެއްފަހަރާ ނެގޭނެ ކަމަށް އަލްހާން އެ ވީޑިއޯގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް