ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ބުނެފައިވަނީ، މިނިސްޓްރީ އުވާލުމާ ގުޅިގެން އާ އޮނިގަނޑެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އާ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް ވުރެ މުވައްޒަފުންގެ އަދަދު ގިނަވާނަމަ، އެ މުވައްޒަފުންނަށް ސަރުކާރުގެ އެހެން އިދާރާތަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
މަސައްކަތް ކުރާނީ ހުރިހާ މުވައްޒަފުންނަށް ވެސް ވަޒީފާގެ ފުރުސަތު ހޯދައިދޭން ކަމަށާއި، އެކަމަކު އެ ފުރުސަތު ނުލިބިއްޖެ ހާލަތެއްގައި ރިޑަންޑެންސީއަށް ދާން ޖެހޭނެކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރައްވާފައެވެ.