ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގޯއްޗާއި ފުލެޓު ދޫކުރުމުގެ ކަންކަމުގައި އަމަލުކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ. އަދި އިންސާފުވެރި އުސޫލެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެކަމުގެ ޔަގީންކަން ވަރަށް ކުޑަވެފައިވާ ކަމަށް ބުނެފައިވެއެވެ.
މެންބަރު ކުޑޫ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ގޯތި ލިބޭނެ ކަމަށް ކަނޑައަޅައި ލިޔުން ދީފައިވާ ފަރާތްތަކަށް މި ސަރުކާރަށް އަހަރެއް ވީއިރުވެސް ގޯތި ހަވާލުކޮށްފައި ނުވެއެވެ. އަދި 4،000 ފުލެޓު ލިބޭނެކަމަށް ކަނޑައަޅައި އެގްރީމަންޓުގައި ސޮއިކުރި ފަރާތްތަކަށްވެސް އަދި ފުލެޓު ހަވާލުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ގެދޮރުވެރިކަމުގެ ކޮމިޓީ ޖުލައި 31، 2024ގައި އުފެއްދި ފަހުން ބޭއްވި ދެ ބައްދަލުވުމުގައިވެސް ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބިދޭފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށް، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިފައެވެ.