ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވިލިނގިލި އަތުން ދެއްވަދޫ މޮޅުވީ ހަ ލަނޑު އެއް ލަނޑުންނެވެ. ދެއްވަދޫގެ އަހްނަފް ރަޝީދު ތިން ލަނޑު ޖެހި އިރު އަހުމަދު ރާހިލް ރަޝީދާއި އައިމަން ތައުފީގް އަދި ޝިފާޒް އާދިލް ވެސް ގޯލެއް ޖެހި އެވެ. ވިލިނގިލީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އައުޝަމް ރަޝާދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫގެ ފުރަތަމަ މެޗުން 2-1 އިން ގެމަނަފުށި އަތުން ރޭވަނީ ބަލިވެފައެވެ. ކަނޑުހުޅުދޫން އަހުމަދު އުމަރު އަބްދުﷲގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ގެމަނަފުށިން ފަހަތުން އަރައި މޮޅުވީ އަހުމަދު ޝާމް ޖެހި ގޯލުގެ އިތުރުން ކަނޑުހުޅުދޫގެ އަހުނަފް ޒާހިރު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
މިދިޔަ އަހަރު ކަނޑުހުޅުދޫން އަތޮޅު ތަށި ހޯދީ ފައިނަލުގައި ގެމަނަފުށި ބަލިކޮށްގެނެވެ. މިއީ، އެ ނަތީޖާގެ ރަނގަޅު ބަދަލުހިފުމެކެވެ.
ގއ. ގްރޫޕް އޭގައި ކަނޑުހުޅުދޫ އާއި ގެމަަނަފުށީގެ އިތުރުން ހިމެނެނީ، ދާންދޫ އާއި ނިލަންދޫ އެވެ. އެ ދެ ޓީމު ކުޅުނު މެޗުން، ދާންދޫ ވަނީ 2-1 އިން މޮޅުވެފަ އެވެ. ގްރޫޕް ބީގެ އަނެއް މެޗުން، މާމެންދޫން ވަނީ 2-1 އިން ކޮލަމާފުށި ބަލިކޮށްފަ އެވެ.