މިއީ އެމަހު މީރާއަށް ލިބުނު ޖުމުލަ އާމްދަނީގެ 57.34 ޕަސަންޓެވެ.
މީރާއިން ބުނީ ޑިސެންބަރު މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ އިތުރުވުން ހިމެނޭ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއިން ލިބޭ ޖީއެސްޓީ އާއި އެހެނިހެން ދާއިރާތަކުން ލިބޭ ޖީއެސްޓީ ވެސް އިތުރުވެފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.
ޑިސެންބަރު މަހު ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރި އަދަދަށްވުރެ 5.7 ޕަސަންޓު އިތުރަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ފާހަގަކުރެއެވެ.