މި ދެ ބޭފުޅުންގެ އިތުރުން ކުރީގެ ސަރުކާރުގައި ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓް ހުސައިން އަމްރުވެސް ވަނީ އެމްޑީޕީގައި ސޮއިކޮށްފަ އެވެ.
އެމްޑީޕީގެ އިސް ބޭފުޅުން މި މައުލޫމާތު ކަށަވަރުކޮށްދެއްވި އިރު، މި ބޭފުޅުން އެމްޑީޕީއަށް ބަދަލުވި ސަބަބާ މެދު އަދި އެއްވެސް ބަހެއް ދައްކަވާފައެއް ނުވެ އެވެ.
ދަ ޑިމޮކްރެޓްސް އަކީ 2023 ވަނަ އަހަރު އެމްޑީޕީގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެން އުފެދުނު ޕާޓީއެކެވެ. އެ ޕާޓީން ވަނީ މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ.